އަލްއިމާމުލް ޙާފިޡް ޒައިނުއްދީން އަބުލް ފަރަޖް ޢަބްދުއްރަޙްމާން ބިން އަޙްމަދު އިބްނު ރަޖަބް އިބްނުލް ޙަސަން އައްސަލާމީ އަލްޙަންބަލީ އަކީ ހިޖުރައިން 8 ވަނަ ޤަރުނުގައި ދިމިޝްޤުގައި އުޅުއްވި ބޮޑު ދަންނަބޭކަލެކެވެ. މުޙައްދިޘެއް އަދި ފަޤީހެއް މެއެވެ. އުފަންވެވަޑައިގަތީ 736ހ. ގައި ބަޣްދާދުގައެވެ. އަވަހާރަވީ 795ހ. ވަނަ އަހަރު ދިމިޝްޤުގައެވެ. މިކަލޭގެފާނު ވަނީ އަގުހުރި އެތައް ފޮތެއް އުންމަތަށް ދޫކުރައްވާފައެވެ. އެގޮތުން ޞަޙީހުލް ބުޚާރީގެ ބައެއްގެ ޝަރަޙައާއި، ނަޥަޥީގެ ސާޅީސް ޙަދީތް ފޮތުގެ ޝަރަޙައިގައި ލިޔުއްވި ޖާމިޢުލް ޢުލޫމި ވަލްޙިކަމޭ ކިޔުނު ފޮތާއި، ސުނަނުއްތިރްމިޛީގެ ޝަރަޙައާއި، އެނޫނަސް އެތަކެއް އަގުހުރި ފޮތެއް ގުނާލެވެއެވެ.
އިބްނު ރަޖަބް އަލްޙަންބަލީ
(736–795ހ.)