އައްޝައިޚް ސުލައިމާން އައްރުޙައިލީ އަކީ މަދީނާއަށް އުފަން، މަދީނާގެ ޢިލްމުވެރީންގެ ތެރޭގައި ހިމެނި­ވަޑައިގަންނަވާ ބޭފުޅެކެވެ. އުޞޫލީއެކެވެ. ފަޤީހެކެވެ. މަސްޖިދުއް­ނަބަވީގައްޔާއި އަލްޖާމިޢަތުލް އިސްލާމިއްޔާގައި ކިޔަވައި ދެއްވައެވެ. އަދި ޤުބާ މިސްކިތުގެ އިމާމުކަން ވެސް ކުރައްވައެވެ. މީގެ އިތުރުން ޝޭޚު ވަނީ ގިނަ ފޮތެއް ވެސް ލިޔުއްވާފައެވެ.