އައްޝައިޚް އަބޫ ޢަބްދިﷲ މުޙައްމަދު ބިން ސަޢީދު އަޙްމަދު ރަސްލާންއަކީ މިސްރުގެ ދީނީ ޢިލްމު­ވެރިއެކެވެ.

އޭނާ އުފަންވެ­ވަޑައިގަތީ މިޞްރުގެ މުނޫފިއްޔާ ގަވަރުނޭޓުގެ އަޝްމޫން ސިޓީގެ ސުބްކުލް އަޙަދުގައި 23 ނޮވެމްބަރ 1955މ. ގައެވެ.

އެ ރަށުގެ މަސްޖިދުއް ޝަރުޤީގައި ހުކުރު ޚުޠުބާ އިއްވައި، ދަރުސްތައް ދެއްވައެވެ. އަދި އެކި ޤައުމު­ތަކުގައި ލެކްޗަރތައް ދެއްވައެވެ.

ތަޢުލީމާއި ސަނަދުތައް

  • އަޒްހަރު ޔުނިވަރސިޓީން މެޑިސިންއާއި ސާރޖަރީގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލު­ކުރެއްވިއެވެ.
  • ޝުޢުބަތުއްދިރާސާތިލް އިސްލާމިއްޔާގެ އަރަބި ޑިޕާޓްމަންޓުން އާޓްސް ލައިސަންސް ހާސިލު­ކުރެއްވިއެވެ.
  • ޙަދީޘް ޢިލްމުން މާސްޓަރސް ޑިގްރީ، ފުރަތަމަ ޝަރަފުގެ ދަރަޖައިގައި ހާސިލު­ކުރެއްވިއެވެ. ތީސިސްގެ މައުޟޫޢަކީ ”މުޙައްދިޘުންގެ އަރިހުގައި ރިވާޔަތުގެ ޟަވާބިޠުތައް“ މިއެވެ.
  • ޙަދީޘް ޢިލްމުގައި ޑޮކްޓަރޭޓް ޑިގްރީ، ފުރަތަމަ ޝަރަފުގެ ދަރަޖައިގައި ހާސިލު­ކުރެއްވިއެވެ. ދިރާސާގެ މައުޟޫޢަކީ ”ކުތުބުއްސިއްތާގެ ރާވީންގެ ތެރެއިން ބިދުޢަ­ވެރި­އެއް ކަމަށް ބެނެވިފައިވާ ރާވީން“ މިއެވެ.
  • މީގެ އިތުރުން ނަބިއްޔާ އާ ހަމައަށް ސަނަދު ގުޅިފައިވާ 40 ޙަދީޘެއްގެ އިޖާޒާ ލިބި­ވަޑައިގެންފައިވެއެވެ. މި ޙަދީޘްތަކަށް ކިޔަނީ ”އަލްއަރްބަޢޫނަލް ބުލްދާނިއްޔާ“ އެވެ.

މީގެ އިތުރުން، ޝައިޚުލް އިސްލާމް އަބުލް ޢައްބާސް އަޙްމަދު ބިން ޢަބްދުލްޙަލީމް އިބްނު ތައިމިއްޔާއާއި އޭނާގެ އިސް ދަރިވަރު އަލްޢައްލާމާ އިބްނުލް ޤައްޔިމް ފަދަ ބޮޑެތި މުޙައްޤިޤު ޢިލްމު­ވެރިންގެ ޢިލްމުން އޭނާއަށް ވަނީ އަސަރު ކުރުވާފައެވެ.

މަޞްދަރު: https://www.rslan.com/targma.php