ޢަޠާއު ރިވާކުރެއްވިއެވެ. މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝާ ގެ އަރިހަށް ގޮސް ސުވާލުކޮށް އުޅުނު ޒުވާނަކު އުޅުނެވެ. އަދި އެކަމަނާ އެ ޒުވާނާއަށް ޙަދީޘް ކިޔައިދެއްވައެވެ. އެއްދުވަހެއްގައި އެކަމަނާގެ އަރިހަށް ސުވާލު ކުރުމަށްޓަކައި އެ ޒުވާނާ އައުމުން ވިދާޅުވިއެވެ. ”ދަރިފުޅާއެވެ! މީގެ ކުރީގައި ތިމަންކަމަނާގެ ކިބައިން ތިބާ އަޑުއެހި ތަކެއްޗަށް ޢަމަލު ކޮށްފިން ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”މަންމާފުޅާއެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ.“ ދެން އެކަމަނާ ވިދާޅުވިއެވެ. ”ދަރިފުޅާއެވެ! އަހަރެމެންނާއި ތިބާއާ ދެކޮޅަށް ﷲގެ ޙަޟްރަތުގައި ޙުއްޖަތްތައް ގިނަކުރަން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟“
އަލްޚަޠީބުލް ބަޣުދާދީ، އިޤްތިޟާއުލް ޢިލްމިލް ޢަމަލް (ނ: 92)