މަދީނާގެ އަލްމަސްޖިދުއްނަބަވީގައި އަދި އަލްޖާމިޢަތުލް އިސްލާމިއްޔާގައި ކިޔަވައި­ދެއްވާ ޢިލްމު­ވެރިޔާ، އުސްތާޛުއްދުކްތޫރު އައްޝައިޚް ސުލައިމާން އައްރުޙައިލީ ވިދާޅުވިއެވެ.

  1. ރާޖިޙު­ވެގެންވާ ގޮތުގައި ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ދެއްކުން ހުއްދަ­ވެގެން ނުވެއެވެ.
  2. ފިޠުރު ޒަކާތުގެ ވަޤުތު ޖެހުމުގެ ކުރިން ޒަކާތް ނެރުން ހުއްދަ­އެއް ނޫނެވެ. ރާޖިޙު ވެގެންވާ ގޮތުގައި އެއީ ޢީދަށް ދެ ދުވަހަށް ވުމުންނެވެ.
  3. ފުރަބަންދުގެ ވަގުތު މުޅި ދުވަހަށް ދެމިގެން ނުދާ­ނަމަ މޮޅުއިތުރު ގޮތަކީ ޢީދަށް ދެ ދުވަހަށް ވުމުން، ބޭރަށް ނުކުމެވޭ ވަގުތު­ތަކުގައި ޒަކާތް ނެރުމެވެ.
  4. ބޭރަށް ނުކުމެވޭ ވަގުތުގައި ޒަކާތް ދެވެން ނެތް­ނަމަ، ނުވަތަ ފުރަބަންދު މުޅި ދުވަހަށް ދެމިގެން ދާނަމަ، ފަޤީރު މީހާޔަށް ފޯނުން ގުޅައި، އޭނާގެ މަތިން ޒަކާތާ ޙަވާލުވާ ވަކީލަކަށް ވާނީއެވެ. އެއަށްފަހު އޭނާގެ މަތިން ޒަކާތާ ޙަވާލުވެ، ފަސޭހަ ވަގު­ތަކުން އޭނާޔަށް ފޯރު­ކޮށްދެވިދާނެއެވެ.
  5. ވަކީލެއްގެ ގޮތުގައި، އިތުބާރުހުރި ރަސްމީ ޚައިރީ ފަރާތްތަކާ ޒަކާތް ނެރުމުގެ ކަންތައް ޙަވާލުކުރުން ކޮންމެ ވަގުތަކު ވިޔަސް ހުއްދަ­ވެގެން ވެއެވެ. އެއީ އެ ފަރާތް­ތަކުން ޒަކާތް ނެރުމުގެ ވަގުތުގައި ޒަކާތް ނެރުމަށް­ޓަކައެވެ.
  6. ވަކީލަކު ހަމަޖައްސާ ނަމަ އެދެވިގެން ވަނީ ޒަކާތްދޭ ފަރާތް ހުރި ޤައުމުގެ އިތުބާރުހުރި ރަސްމީ ފަރާތަކާ ޙަވާލު ކުރުމެވެ. ބޭރުގެ ފަރާތަކާ ޙަވާލު ކުރުން ވެސް ހުއްދަ­ވެގެން ވެއެވެ.
  7. ޒަކާތް ދޭންޖެހޭ ވަގުތުގައި ޒަކާތް ދެވޭ ގޮތް ނުވެއްޖެ ނަމަ، އަދި އޭނާގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާނޭ އިތުބާރު ހުރި ފަރާތެއް ނުލިބިއްޖެ ނަމަ، އެ ޙާލުގައި ވެސް އޭނާގެ މަތިން ޒަކާތުގެ ފަރުޟުކަން ނުކެނޑޭނެއެވެ. އެކަން އޮންނާނީ އޭނާއަށް ޒަކާތް ދެވޭނޭ މަގެއް ފަހި ވަންދެން އޭނާގެ ޒިންމާގައި އެޅިފައެވެ. އަދި އެގޮތަށް ނެރޭ ނެރުން ވާނީ ހަމަ ޒަކާތަށެވެ. އަދި އޭނާއަށް ކުޅަދާނަވީ ވަރަކުން އޭނާ ﷲ އަށް ތަޤްވާ­ވެރިވީ ނަމަ، އޭނާ ވާނީ ޢުޛުރު­ވެރި­އެއް ކަމުގައެވެ.

މަޞްދަރު: ޓްވިޓަރ