އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ޔަޤީންކަން ޙާޞިލުކުރެވޭނެ ގޮތްތަކަށް ބަލާއިރު އެއީ ތިން ގޮތެކެވެ.
- ފުރަތަމައީ: ޤުރްއާން ތަދައްބުރު ކުރުމެވެ. (އެބަހީ: އޭގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމެވެ.)
- ދެވަނައީ: ނަފްސުތަކުގައްޔާއި އުދަރެސްތަކުގައި ﷲ ލައްވާ، ﷲއީ ޙައްޤުކަން ބަޔާންކޮށްދޭ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމެވެ.
- ތިންވަނައީ: ޢިލްމު ލާޒިމުކުރާ ގޮތަށް ޢަމަލު ކުރުމެވެ.
މަޞްދަރު: މަޖްމޫޢުލް ފަތާވާ (3/330)