އަބޫ ނުޢައިމް އަލްއަޞްބަހާނީ ރިވާކުރެއްވިއެވެ. އެއްދުވަހަކު އިބްރާހީމް ބިން އަދްހަމް (އަވަހާރަވީ 162ހ) ބަޞްރާގެ ބާޒާރެއްގެ ތެރެއިން ވަޑައިގެންނެވިއެވެ. އެހިނދު މީސްތަކުން އެކަލޭގެފާނުގެ އަރިހަށް އެއްވެފައި ދެންނެވިއެވެ. އޭ އަބޫ އިސްޙާޤެވެ! ﷲ ތަޢާލާ ވަނީ މިފަދައިން އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައެވެ:
ދެން އިބްރާހީމް ވިދާޅުވިއެވެ. އޭ ބަޞަރާގެ އަހުލުވެރީންނޭވެ! 10 ކަމެއްގައި ތިޔަބައިމީހުންގެ ހިތްތައްވަނީ މަރުވެފައެވެ.
ފުރަތަމައީ: ތިޔަބައިމީހުން ﷲ ވޮޑިގެންވާކަން ދަންނަމުއެވެ. އެކަމަކު އެއިލާހުގެ ޙައްޤުތައް އަދައެއް ނުކުރަމުއެވެ.
ދެވަނައީ: ތިޔަބައިމީހުން ﷲގެ ފޮތް ކިޔެވީމުއެވެ. އެކަމަކު އެ ފޮތަށް ޢަމަލެއް ނުކުރަމުއެވެ.
ތިންވަނައީ: ﷲގެ ރަސޫލާ ﷺ ދެކެ ލޯބިވާކަމަށް ތިޔަބައިމީހުން ދަޢުވާ ކުރީމުއެވެ. އެކަމަކު ތިޔަބައިމީހުން އެކަލޭގެފާނުގެ ސުންނަތް ދޫކޮށްލަމުއެވެ.
ހަތަރުވަނައީ: ތިޔަބައިމީހުންނީ ޝައިޠާނާގެ ޢަދާވާތްތެރީން ކަމުގައި ދަޢުވާކުރަމުއެވެ. އެކަމަކު ތިޔަބައިމީހުން ތިޔަ އުޅެނީ އެކަލޭގެ މަގަށެވެ.
ފަސްވަނައީ: ތިޔަބައިމީހުން ބުނަމުއެވެ. ތިމަންމެން ސުވަރުގެއަށް ލޯބިކުރަމެވެ. އެކަމަކު އެސުވަރުގެ ހޯދުމަށް ތިޔަބައިމީހުން މަސައްކަތެއް ނުކުރަމުއެވެ.
ހަވަނައީ: ތިޔަބައިމީހުން ބުނަމުއެވެ. ތިމަންމެން ނަރަކައަށް ބިރުގަނެއެވެ. އެކަމަކު ތިޔަބައިމީހުންގެ ނަފުސުތައް ތިޔަ ގެންދަނީ އެތަނަށެވެ.
ހަތްވަނައީ: ތިޔަބައިމީހުން ބުނަމުއެވެ: ހަމަކަށަވަރުން ވެސް މަރަކީ ކުރިމަތިވާނޭ އެއްޗެކެވެ. އެކަމަކު ތިޔަބައިމީހުން އެކަމަށް ތައްޔާރެއް ނުވަމުއެވެ.
އަށްވަނައީ: ތިޔަބައިމީހުން އަވަދިނެތި ތިޔަ އުޅެނީ ތިޔަބައިމީހުންގެ އަޚުންގެ ޢައިބުތައް ހޯދުމުގައެވެ. އެކަމަކު ތިޔަބައިމީހުންގެ އަމިއްލަ ޢައިބުތައް އަޅާނުލާ ދޫކޮށްލަމުއެވެ.
ނުވަވަނައީ: ތިޔަބައިމީހުންގެ ރައްބުގެ ނިޢުމަތްތަކުން ތިޔަބައިމީހުން ކައިބޮއި އުޅެމުއެވެ. އެކަމަކު އެ ނިޢުމަތްތަކަށް ޝުކުރުވެރިއެއް ނުވަމުއެވެ.
ދިހަވަނައީ: ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ތިޔަބައިމީހުން ވަޅުލަމުއެވެ. އެކަމަކު އެއިން ޢިބުރަތް ޙާޞިލެއް ނުކުރަމުއެވެ.
މަޞްދަރު: އަބޫ ނުޢައިމް އަލްއަޞްބަހާނީގެ ޙިލްޔަތުލް އައުލިޔާއި (8/15–16)