މީގެ އަޞްލަކީ ސުލޫކު ޢިލްމާ ބެހޭ ގޮތުން ޣަޒާލީ (އަވަހާރަވީ: ) ލިޔުއްވި އިޙްޔާއު ޢުލޫމިއްދީން ކިޔުނު ފޮތެވެ. މި ފޮތުގައި އެތައް ޟަޢީފު ޙަދީޘަކާއި، ބާޠިލު ޚުރާފީ ވާހަކަތައް އެކުލެވިފައި ވެއެވެ. އެހެން­ކަމުން އިބްނުލް ޖައުޒީ (އަވަހާރަވީ: ) މިފޮތުިގައި ހުރި މިދެންނެވި ބައިތައް އުނިކުރައްވައި މިންހާޖުލް ޤާޞިދީންގެ ނަމުގައި އެފޮތް އަލުން އެކުލަވާލެއްވިއެވެ. އެއަށްފަހު، އިބްނު ޤުދާމާ އަލްމަޤްދިސީ ވަޑައިގެން ފޮތުގެ އަޞްލު މައުޟޫޢާ ނުގުޅޭ ފިޤުހީ މައްސަލަ­ތަކާއި ބަޙުޘްތައް އުނިކުރައްވައި، އަމިއްލަ­ފުޅު ޢިބާރާތުން ފޮތް ޚުލާޞާ ކުރެއްވިއެވެ.