މީގެ އަޞްލަކީ ސުލޫކާއި ތަޒްކިޔާއާ ބެހޭގޮތުން އަބޫ ޙާމިދު އަލްޣަޒާލީ (އަވަހާރަވީ: 505ހ.) ލިޔުއްވި މަޝްހޫރު ފޮތް­ކަމުގައިވާ ”އިޙްޔާއު ޢުލޫމިއްދީން“ އެވެ. އެ ފޮތުގައި އެތައް ޟަޢީފު ޙަދީޘްތަކަކާއި ބާޠިލު ވާހަކަ­ތަކެއް އެކުލެވިފައިވާތީ، އިބްނުލްޖައުޒީ (އަވަހާރަވީ: 597ހ.) ވަނީ އެ ބައިތައް އުނިކުރައްވައި ”މިންހާޖުލް ޤާޞިދީން“ ގެ ނަމުގައި ފޮތް އަލުން ތަހުޛީބު­ކުރައްވާފައެވެ.

އެއަށްފަހު، އިބްނު ޤުދާމާ އަލްމަޤްދިސީ (އަވަހާރަވީ: 689ހ.) ވަނީ ފޮތުގެ މައިގަނޑު މައުޟޫޢާ ނުގުޅޭ ފިޤުހީ މައްސަލަތައް އުނިކުރައްވައި، އަމިއްލަ­ފުޅު ޢިބާރާތުން އެ ފޮތް ”މުޚްތަޞަރު މިންހާޖިލް ޤާޞިދީން“ ގެ ނަމުގައި ވަރަށް ފުރިހަމައަށް ޚުލާޞާ­ކުރައްވާފައެވެ.