ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން އަބީ ބަކްރި ބިން އައްޔޫބަ ބިން ސަޢުދް އައްޒުރްޢީ އައްދިމަޝްޤީއެވެ. ކުންޔަތަކީ އަބޫ ޢަބްދި ﷲ އެވެ. ލަޤަބުފުޅަކީ ޝަމްސުއްދީނެވެ.

އެކަލޭގެފާނަކީ އިސްލާމީ އިޞްލާޙުގެ އެއް ރުކުނެވެ. އަދި އުންމަތަށް ފާޅުވީ ބޮޑެތި ޢިލްމުވެރީން­ކުރެ އެއް ބޭކަލެކެވެ.

އުފަންވެ­ވަޑައިގަތީ އަދި އަވަހާރަވީ ވެސް ދިމަޝްޤުގައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަރިހުން ދަރިވަރު ވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފޮތްތައް ތަހުޒީބު ކުރައްވައި އެކަލޭގެފާނުގެ ޢިލްމު­ފުޅު ފެތުރުއްވިއެވެ. އެކަމާހެދި ޝައިޚުލް އިސްލާމާއެކު ދިމަޝްގުގެ ކިއްލާގައި ޖަލަށް ލެވި އެތާގައި އަދަބު ދެވުނެވެ. ދެން ޝައިޚުލް އިސްލާމް އަވަހާރަ ވުމާއެކު ދޫކޮށް­ލެއްވުނެވެ.

އެކަލޭގެފާނަކީ ޚުލްޤު­ފުޅު ރިވެތި، މީސް­ތަކުންގެ މެދުގައި ލޮބުވެތި ބޭކެލެކެވެ. ފޮތްތަކަށް ނުހަނު ލޯބި­ކުރެއްވި ބޭކެލެކެވެ. ގިނަ ޢަދަދެއްގެ ފޮތް އެކަލޭގެފާނު އެއް­ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ރިވެތި ޚައްޠުން ގިނަގުނަ ފޮތް ލިޔުއްވި ވެސް މެއެވެ.

މަޞްދަރު: އައްޒިރިކްލީގެ އަލްއަޢުލާމު.