އަލްޢައްލާމާ މުޙައްމަދުލް އަމީނުއް ޝަންޤީޠީ، އެކަލޭގެފާނުގެ މަޝްހޫރު ތަފްސީރު ފޮތް ”އަޟްވާއުލް ބަޔާން“ ގައި އައްރަޙްމާން ސޫރަތުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ:
ﷲ ތަޢާލާ އައްރަޙްމާން ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ:
މާނައީ: ”ފަހެ، އެދުވަހުން (އެބަހީ: ޤިޔާމަތް ދުވަހުން) އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާ ވެސް ސުވާލެއް ނުކުރައްވާނެތެވެ.“
މި އާޔަތުގައި ﷲ جَلَّ وعَلا ޛިކުރު ކުރައްވާފައި އެވަނީ، ޤިޔާމަތް ދުވަހުން އިންސިއަކަށް ވިޔަސް އަދި ޖިންނިއަކަށް ވިޔަސް، އޭނާގެ ފާފައާ ބެހޭ ގޮތުން ސުވާލެއް ނުކުރައްވާނެ ކަމަށެވެ. ހަމަ މި މާނައިގައި ޤަޞަޞް ސޫރަތުގައި ވެސް ﷲ ވަޙީ ކުރެއްވިއެވެ.
ނަމަވެސް، ޤިޔާމަތް ދުވަހުން ރަސޫލު ބޭކަލުންނާއި، އެބައެއްގެ ގާތަށް އެބޭކަލުން ފޮނުއްވުނު މީސްތަކުންނާ ސުވާލު ކުރައްވާނޭ ކަމަށް އެކަލާނގެ [އެހެން އާޔަތްތަކެއްގައި] ޛިކުރު ކުރައްވާފައިވެއެވެ. އެއީ
ޢިލްމު ލިބިފައި ނުވާ މީހަކަށް މި އާޔަތްތަކުގެ މެދުގައި ތަޢާރުޟެއް (ފުށުއެރުމެއް) ވާކަމަށް ހީވެދާނެއެވެ. ނަމަވެސް މި އާޔަތްތައް ޖަމްޢު ކުރާނޭ (އެއްތަންކުރާނޭ) ގޮތް ﷲ ގެ ފޮތުގައި ވަނީ ބަޔާންވެގެންނެވެ.
ފުރަތަމައިނުން ދަންނާށެވެ!
އެހެނީ، (ފަހުން މިދެންނެވި) އާޔަތްތަކުގައި ވަނީ ޢާންމު ގޮތެއްގައި ކޮންމެ ޢަމަލަކާ މެދު ވެސް ސުވާލު ކުރައްވާނޭކަން ސާބިތު ކުރައްވާފައެވެ. އޭގެ ކުރިން އިސްވެދިޔަ ދެ އާޔަތުގައި [ރަޙްމާން ސޫރަތާއި ޤަޞަޞް ސޫރަތުގައި] ނަފީކުރައްވާފައި އެވަނީ ޚާއްޞަކޮށް ފާފަތަކާ މެދު ކުރެވޭ ސުވާލެވެ.
މި އާޔަތްތައް ޖަމްޢުކުރުމަށް ޢިލްމުވެރީންގެ މެދުގައި މަޢުރޫފުވެގެންވާ ގޮތްތަކެއް ވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ގޮތަކީ: އެކަމަށް ޤުރްއާނުން ދަލީލު ލިބޭ ގޮތެވެ. އަދި އަހަރެމެން މިތަނުގައި ބަޔާންކޮށްދޭން ބޭނުންވާ، ”ޤުރްއާނުން ޤުރްއާން ތަފްސީރުކުރުމުގެ“ ނުކުތާއަކީ ވެސް މިއީއެވެ.
އެގޮތަކީ: ސުވާލުކުރުން ވަނީ ދެ ބާވަތަކަށް ބެހިގެން ކަމުގައި ވުމެވެ.
- އެއް ބާވަތަކީ: ތައުބީޚާއި ތަޤްރީޢުގެ1 ގޮތުން ކުރެވޭ ސުވާލެވެ. މިއީ ޢަޛާބުގެ ތެރެއިން ހިމެނޭ ބާވަތެކެވެ.
- ދެވަނަ ބާވަތަކީ: ޚަބަރު ހޯދުމާއި ކަންވީގޮތް އޮޅުންފިލުވުމުގެ ގޮތުން ކުރެވޭ ސުވާލެވެ.
ފަހެ، ބައެއް އާޔަތްތަކުގައި ނަފީކުރެވިފައިވާ ސުވާލަކީ މީގެ ތެރެއިން ”ޚަބަރު ހޯދުމާއި އޮޅުންފިލުވުމުގެ“ ގޮތުން ކުރެވޭ ސުވާލެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުންގެ ޢަމަލުތަކާ ބެހޭގޮތުން އެބައިމީހުންނަށް ވުރެ މޮޅަށް ﷲ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
އެހެންކަމުން މާނައަކީ: އިންސިއަކާ ވެސް، ޖިންނިއަކާ ވެސް، އެމީހެއްގެ ފާފަޔާމެދު ޚަބަރު ހޯދައި އޮޅުންފިލުވުމުގެ ގޮތުން ސުވާލެއް ނުކުރައްވާނެތެވެ. އެއީ އެބައިމީހުންގެ ފާފަތަކާ ބެހޭގޮތުން އެބައިމީހުންނަށްވުރެ މޮޅަށް ﷲ ދެނެވޮޑިގެންވާތީއެވެ.
އަދި އެހެން އާޔަތްތަކުގައި ސާބިތު ކުރައްވާފައިވާ ސުވާލަކީ ތައުބީޚާއި ތަޤްރީޢުގެ1 ގޮތުން ކުރެވޭ ސުވާލެވެ. އެއީ ފާފައަކާ ބެހޭގޮތުން ވިޔަސް، ނުވަތަ އެނޫން ކަމަކާ ބެހޭގޮތުން ވިޔަސް މެއެވެ.
ފާފަތަކާ ބެހޭގޮތުން ’ތައުބީޚާއި ތަޤްރީޢުގެ‘ ސުވާލުގެ މިސާލަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި ބަސްފުޅެވެ.
އަދި ފާފަ ނޫން ކަމަކާ ބެހޭގޮތުން ކުރެވޭ ސުވާލުގެ މިސާލަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ:
އަނެއް މިސާލަކީ އެކަލާނގެ ވަޙީ ބަސްފުޅެވެ:
އަދިވެސް ﷲ ވަޙީ ކުރައްވާފައި ވެއެވެ:
އަދި ހަމަ އެފަދައިން؛
ރަސޫލުންނާ ސުވާލު ކުރެއްވުން ވެސް ވަނީ ހަމަ މިފަދައިންނެވެ. ފަހެ، އެބޭކަލުންނާ ސުވާލު ކުރެއްވުމުގެ މުރާދުފުޅަކީ އެބޭކަލުން ދޮގުކުރި މީހުން ކުށްވެރިކޮށް ތައުބީޚު ކުރެއްވުމެވެ. އަދި އެ ރަސޫލުން އެމީހުންނަށް (ދީން) ފޯރުކޮށްދެއްވާފައިވާ ކަން ހާމަކޮށް އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމް ކުރެއްވުމެވެ.
މި ދެބައިގެ އާޔަތްތަކުގެ މެދުގައި ޖަމްޢުކުރުމަށް މީގެ އިތުރަށް ދެން އައިސްފައިވާ ގޮތްތަކަކީ ޤުރްއާނުން ދަލީލު ލިބޭ ގޮތްތަކެއް ނޫނެވެ. މި ފޮތުގެ މައުޟޫޢަކީ ޤުރުއާނުން ޤުރުއާން ތަފްސީރު ކުރުމެވެ. އެހެންކަމުން އަހަރެމެން އޭގެ ބާކީ ބައި ބަޔާންކޮށްފައި ވާނީ އަހަރެމެންގެ ”ދަފްޢު އީހާމިލް އިޟްޠިރާބި ޢަން އާޔާތިލް ކިތާބި“ (ޤުރްއާނުގެ އާޔަތްތަކުން ފުށުއަރާކަމަށް ހީވާ ވަހުމްތައް ދުރުކުރުން) މި ފޮތުގައި ސޫރަތުލް އަޢުރާފުގެ ފެށުމުގައެވެ.
މަޞްދަރު: އަޟްވާއުލް ބަޔާން ފީ އީޟާޙިލް ޤުރްއާނި ބިލްޤުރްއާން (ވޮލިޔުމް 7 ޞ 804–805)