ޢަޠާއު ރިވާ­ކުރެއްވިއެވެ. މުއުމިން­ތަކުންގެ މައި­ކަމަނާ ޢާއިޝާ ގެ އަރިހަށް ގޮސް ސުވާލު­ކޮށް އުޅުނު ޒުވާނަކު އުޅުނެވެ. އެކަމަނާ އޭނާއަށް ޙަދީޘް ކިޔައި­ދެއްވައެވެ. އެއްދުވަހަކު، އެކަމަނާގެ އަރިހަށް ސުވާލު ކުރުމަށް­ޓަކައި އެ ޒުވާނާ އައުމުން ވިދާޅުވިއެވެ. ”އޭ ދަރިފުޅާއެވެ! މީގެ ކުރިން ތިމަން­ކަމަނާގެ ކިބައިން ތިބާ އަޑުއެހި ތަކެއްޗަށް ޢަމަލު­ކޮށްފިން ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”މަންމާފުޅާއެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ.“ ދެން އެކަމަނާ ވިދާޅުވިއެވެ. ”އޭ ދަރިފުޅާއެވެ! އަހަރެމެންނާއި ތިބާއާ ދެކޮޅަށް ﷲގެ ޙަޟްރަތުގައި ޙުއްޖަތްތައް ގިނަކުރަން ތިޔަ އުޅެނީ ކީއް­ވެގެން ހެއްޔެވެ؟“

އަލްޚަޠީބުލް ބަޣުދާދީ، އިޤްތިޟާއުލް ޢިލްމިލް ޢަމަލް (ނ: 92)