މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ އެގާރަވަނަ ބައެވެ.
ދިހަވަނައަކީ ހިތްތައް ބައިބައިވުމުގެ މައްސަލައެވެ.
އެކަމުގެ ސަބަބަކީ ބުއްދި ނެތުންކަން ޙަޝްރު ސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
ބުއްދީގެ ނިކަމެތިކަމަށް އޮތް ފަރުވާއަކީ ވަޙީގެ ނޫރަށް ތަބާވެ އެއިން ބުއްދިއަށް އަލިކޮށްލުމެވެ. އެހެނީ އެކަމަކާ ހަމައަށް ބުއްދި ނުފޯރާ، އަދި ބުއްދިން ވިސްނައި ނުގެނެވޭ މަޞްލަޙަތުތަކަށް ވަޙީއިން އިރުޝާދު ދެއެވެ. ﷲ ވަޙީކުރެއްވިއެވެ.
ޖުމްލަކޮށް ބުނާނަމަ، ދުނިޔޭގެ ނިޒާމު އޭގެ މައްޗަށް ޤާއިމްވެގެންވާ އިންސާނީ މަޞްލަޙަތުތައް ރުޖޫޢަ ވަނީ ތިން ބާވަތަކަށެވެ.
-
ފުރަތަމައީ: މަފްސަދާތައް (ގެއްލުންހުރި، ނޭދެވޭ ކަންތައްތައް) ދުރުކުރުމެވެ. އުޞޫލު ޢިލްމުގެ އަހުލުވެރީން މިއަށް ކިޔައި އުޅެނީ ޟަރޫރިއްޔާތުއެވެ. މި ކަން ޙާޞިލުވަނީ އިސްވެ ބަޔާންވެދިޔަ ހަ ކަންތައް ރައްކާތެރި ކުރުމުންނެވެ. އެއީ ދީނާއި، މުދަލާއި، ނަފްސާއި، ބުއްދިއާއި، ނަސަބާއި، އަބުރާއި، މުދަލެވެ.
-
ދެވަނައީ: މަޞްލަޙަތުތައް (ނުވަތަ އެންމެހައި ހެޔޮ ގޮތްތައް) ހޯދައިގަތުމެވެ. އުޞޫލު ޢިލްމުވެރީންގެ އަރިހުގައި މިއަށް ކިޔަނީ އަލްޙާޖިއްޔާތުގެ ނަމުންނެވެ. މީގެ ފަރުޢުތަކުގެ ތެރޭގައި ވިޔަފާރިއާއި، ކުލީގެ މުޢާމަލާތްތަކާއި، ޝަރުޢީ ހަމަތަކުގެ މަތިން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ބަދަލުކުރެވޭ ޢާންމު މަޞްލަޙަތުތައް ހިމެނެއެވެ.
-
ތިންވަނައީ: ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރި ވުމާއި، ހެޔޮ ރިވެތި އާދަތަކުގެ މަތީ އުޅުމެވެ. މިއީ އުޞޫލު ޢިލްމުގެ އަހުލުވެރީންގެ އަރިހުގައި التحسينات والتتميمات (ރީތިކޮށް، ފުރިހަމަކޮށްދޭ ކަންކަމު)ގެ ގޮތުގައި ކިޔޭ ބައެވެ. އޭގެ ފަރުޢުތަކުގެ ތެރޭގައި ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުން ފަދަ ފިޠުރަތުގެ ޚިޞާލުތައް ހިމެނެއެވެ. އަދި އޭގެ ގޮފިތަކުގެ ތެރޭގައި ހަޑިމުޑުދާރު ތަކެތި ޙަރާމްކުރެއްވުމާއި، ފަޤީރު ގާތްތިމާގެ މީހުންނަށް ހޭދަކުރުން ވާޖިބުވުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
ޙިކުމަތްތެރި ސަލާމަތްތެރި މަގުތަކުން، މި އެންމެހައި މަޞްލަޙަތުތަކާ މެދުގައި އިސްލާމް ދީނަށްވުރެ ބޮޑަށް ބާރުއަޅާ އެއަށްވުރެ ރައްކާތެރިވުން ބޮޑު އެއްޗެއް ނުވާނެއެވެ.
وصلى الله وسلم على محمد وعلى آله وصحبه أجمعين.