ފަސްވަނަ މައްސަލައަކީ އިޖްތިމާޢީ އެކި ޙާލަތްތަކެވެ. މި ކަންތައް ވެސް ކީރިތި ޤުރްއާނުގައި ވަނީ ސާފުކޮށް ބަޔާން ކުރައްވައި، އޭގެ ނޫރުން މި މަގަށް އަލި ކޮށްދެއްވާފައެވެ.
ފަހެ އެންމެ އިސް ރައީސަށް އޭނާގެ މުޖުތަމަޢާ މެދު ޢަމަލުކުރުމަށް ކީރިތި ޤުރްއާން އަމުރުކުރައްވަނީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ!
އަދި ޢާންމުން އެއުރެންގެ ވެރީންނާ މެދު ކަންތައް ކުރުމަށް އަމުރު ކުރައްވަނީ ކޮން ފަދައަކުންތޯ ވެސް ބައްލަވާށެވެ!
އަދި އިންސާނާއަށް އޭނާގެ ޚާއްޞަ މުޖުތަމަޢާއެކު (އެބަހީ: އޭނާގެ އަނބިދަރީންނާއެކު) ކަންތައް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަށް ބައްލަވާށެވެ.
އަދި އެކަލާނގެ، އިންސާނާއަށް، އޭނާގެ ޚާއްޞަ މުޖުތަމަޢާ މެދު ފަރުވާތެރިވެ ސާބިތުވެ ހުރުމަށް ސަމާލުކަން ގެނުވާ ގޮތް ނިކަން ބައްލަވާށެވެ! ނޭދެވޭ ކަމެއް އެއުރެންގެ ފުށުން ފެނިއްޖެ ނަމަ އަމުރުކުރައްވަނީ ޢަފޫކޮށް، މާފުކުރުމަށެވެ. އެހެނަސް، ފުރަތަމަ އަމުރުކުރައްވަނީ، ސަމާލުވެ، ސާބިތުވެ، ރައްކާވެ ހުރުމަށެވެ. ދެވަނައަށް، ޢަފޫކޮށް، މާފުކޮށް، ދޫކޮށްލުމަށެވެ.
އަދި ޢާންމު މުޖުތަމަޢުގެ އަފްރާދުންނަށް އެކަކުއަނެކެއްގެ މެދުގައި މުޢާމަލާތު ކުރަން އެކަލާނގެ އަމުރު ކުރައްވާފައި ވާ ގޮތް ބައްލަވާށެވެ!
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.
އަދި ވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.
އަދި މިނޫންވެސް އާޔަތްތަކެވެ.
އެހެންނަމަވެސް، ތިމާއަކީ ކޮންމެ ފަދަ މީހަކަށް ވިޔަސް، މުޖުތަމަޢުގެ އަފްރާދުންކުރެ އެކަކަށް ވެސް، އޭނާގެ މުޖުތަމަޢުގެ ތެރެއިން އޭނާއާ ޢަދާވަތްތެރި ވާނޭ ފަރާތެއް ނެތި ނުދެއެވެ. އެއީ އިންސީންނާއި ޖިންނީގެ ތެރެއިން ކަމުގައި ވެސް ވެދާނެއެވެ.
لَيسَ يَخْلُو الْمَرءُ مِن ضِدٍّ وَلَو
حَاوَلَ الْعُزْلَةَ فِي رََأْسِ الْجَبَلْ
ޖުމްލަ މާނައީ: މީހަކު ފަރުބަދައެއްގެ ކޮޅުގައި އެކަހެރިވެގެން އުޅެން އުޅުނަސް، އޭނާއާ އިދިކޮޅުވާ މީހަކު ނެތި ނުދާނެއެވެ.
މީސްތަކުންގެ މައްޗަށް ޢާންމުވެ ފެތުރިފައިވާ މި ބަލިމަޑުކަމުގެ ފަރުވާއަށް ކޮންމެ ފަރުދަކު ވެސް ވަނީ ބޭނުން ޖެހިފައެވެ. އެހެންކަމުން މިކަމުގެ ފަރުވާ އެކަލާނގެ ފޮތުގެ ތިން ތަނެއްގައި ބަޔާން ކުރެއްވިއެވެ. އިންސީންގެ ދެކޮޅުވެރިކަމުގެ ފަރުވާއަކީ އެކަމަށް ފުރަގަސްދީ އޭގެ ބަދަލުގައި އިޙްސާންތެރިކަން އިިސްކުރުންކަން އޭގައި ބަޔާން ކުރެއްވިއެވެ. އަދި ޖިންނީންގެ ތެރޭގައިވާ ޝައިޠާނުންގެ ފަރުވާއަކީ އެސޮރުމެންގެ ނުބައިކަމުގެ ކިބައިން ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދުން ކަން ވެސް ބަޔާން ކުރެއްވިއެވެ.
-
ފުރަތަމަ ތަނަކީ އަޢުރާފު ސޫރަތް ނިމޭ ތަނުގައި އިންސީންނާ މެދު ވަޙީކުރެއްވިއެވެ.
﴿ خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ﴾ [ އަޢުރާފު 199] . މާނައީ: ”ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮ ކަންތަކަށް އަމުރު ކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!“އެއާ ވިދިގެން (އޭގެ އަނެއްކޮޅުން) ޖިންނީންގެ ތެރޭގައިވާ ޝައިޠާނުންނާ މެދު ވަޙީ ކުރެއްވިއެވެ.
﴿ وَإِمَّا يَنْزَغَنَّكَ مِنَ الشَّيطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ﴾ [ އަޢުރާފް 200] . ”އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.“ -
ދެވަނަ ތަނަކީ މުއުމިނޫނަ ސޫރަތެވެ. އެ ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿ ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ نَحْنُ أَعْلَمُ بِمَا يَصِفُونَ﴾ [ މުއުމިނޫން 96] މާނައީ: ”އެންމެ ހެޔޮ ރިވެތި ގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެން ބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.“އަނެއްކޮޅުން އެއާ ވިދިގެން ވަޙީ ކުރެއްވިއެވެ.
﴿ وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ ٩٧ وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ﴾ [ މުއުމިނޫން 97–98] . ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.“ -
ތިންވަނަ ތަނަކީ ފުއްޞިލަތު ސޫރަތުގައެވެ. އެ ސަމާވީ ފަރުވާއިން، އެ ޝައިޠާނީ ބަލި ކަނޑުވާލާކަން މި ސޫރަތުގައި އެކަލާނގެ އިތުރަށް ޞަރީޙަކޮށް ބަޔާންކުރެއްވިއެވެ. އަދިވެސް އިތުރަށް ބަޔާންކުރައްވާފައި ވަނީ، އެ އުޑުން ބާވައިލެއްވި ފަރުވާ ހުރިހާ މީހުންނަކަށް ނުދެއްވާކަމެވެ. އެހެނެއްކަމަކު، އެންމެ ފުރިހަމަ ނަސީބު ލިބިފައިވާ މީހުންނަށް މެނުވީ އެ ފަރުވާ ނުދެއްވާނެއެވެ. އެ ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ:
﴿ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ ٣٤ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ﴾ [ ފުއްޞިލަތު 34–35] . ”އެންމެ ހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައި ކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ މާތް ސިފަ ލިބިއެއް ނުގަނެވޭނެތެވެ.“އޭގެ އަނެއް ކޮޅު ބަޔާން ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ:
﴿ وَإِمَّا يَنْزَغَنَّكَ مِنَ الشَّيطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ [ ފުއްޞިލަތު 36] . ”އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަ ނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މި ދެންނެވި އޯގާތެރިކަމާއި މަޑުމައިތިރިކަމަކީ ކާފިރުން ފިޔަވައި ހަމައެކަނި މުސްލިމުންނަށް ޙާއްޞަވެގެންވާ ކަމެއްކަން އެހެން އާޔަތްތަކުގައި ބަޔާން ކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
ފަހެ، މަޑުމައިތިރިކަން ގެންގުޅެން ޖެހޭ ތަނުގައި ހަރުކަށިކަން ގެންގުޅުމަކީ މޮޔަކަމަކާއި ބުއްދި ދެރަކަމެވެ. އަދި ހަރުކަށިކަން ގެންގުޅެންޖެހޭ ތަނުގައި މަޑުމައިތިރިކަން ގެންގުޅުމަކީ ބަލިކަށިކަމަކާއި ފިނޑިކަމެކެވެ.
إِذَا قِيلَ: حِلْمٌ، قُلْ: فَلِلْحِلْمِ مَوضِعُ
وَحِلْمُ الْفَتَى فِي غَيرِ مَوضِعِهِ جَهْلُ
މި ބައިތުގެ ޖުމްލަ މާނައީ: ހިލްމުވެރިކަމޭ ބުނެވިއްޖެނަމަ، ބުނާށެވެ: ހިލްމުވެރިކަމަށް ވެސް ވަނީ (އެކަށޭނަ) ތަނެކެވެ. އަދި ޒުވާނާ އެކަށޭނަ ތަން ނޫން ތަނެއްގައި ހިލްމުވެރިކަން ގެންގުޅުމަކީ ޖާހިލުކަމެކެވެ.
މި ފޮތުގެ އެހެން ބައިތައް
- ތަޢާރަފު
- ފުރަތަމަ މައްސަލަ: ތައުޙީދު
- ދެވަނަ މައްސަލަ: ވަޢުޡު
- ތިންވަނަ މައްސަލަ: ޞާލިޙު ޢަމަލާއި އެނޫން ޢަމަލުތަކުގެ ފަރަޤު
- ހަތަރުވަނަ މައްސަލަ: އިސްލާމީ ޝަރީޢަތް ނޫން އެހެން އެއްޗެއް ޙުކުމްވެރިކުރުން
- ފަސްވަނަ މައްސަލަ: އިޖްތިމާޢީ ޙާލަތްތައް
- ހަވަނަ މައްސަލަ: އިޤްތިޞާދު
- ހަތްވަނަ މައްސަލަ: ސިޔާސަތު
- އަށްވަނަ މައްސަލަ: މުސްލިމުންގެ މައްޗަށް ކާފަރުން ބާރުވެރިވުން
- ނުވަވަނަ މައްސަލަ: މުސްލިމުން ބަލިކަށިވުމުގެ މައްސަލަ