މިއީ އައްޝައިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ ލިޔުއްވި ”އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ.“ މި ފޮތުގެ ތަރުޖަމާ ގެނެސްދޭ ސިލްސިލާގެ ހަތްވަނަ ބައެވެ.
ހަވަނަ މައްސަލަ: އިޤްތިޞާދީ މައްސަލަ
މިކަމުގެ ކުރިހައި ފަރުޢުތަކެއް އެއަށް ރުޖޫޢަވާ، މައިގަނޑު އުޞޫލުތައް ޤުރްއާނުގައި ސާފުކޮށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެހެނީ އިޤްތިޞާދީ މައްސަލަތައް ރުޖޫޢަ ވަނީ ދެ އަޞްލަކަށެވެ.
-
ފުރަތަމަ އަސްލަކީ: މުދާ ހޯދުމުގައި ރަނގަޅަށް ވިސްނުމެވެ.
-
ދެވަނަ އަސްލަކީ: މުދާ ޚަރަދުކުރަންވީ ތަންތަނަށް ޚަރަދުކުރުމުގައި ރަނގަޅަށް ވިސްނުމެވެ.
