އަލްވަލީދު ބުނުލް މުޣީރާއާއި ކީރިތި ޤުރުއާން
އަލްވަލީދު ބުނުލް މުޣީރާ އަކީ ޤުރައިޝުންގެ ބޮޑުންގެ ތެރޭ ކަމުވޮށިވެގެންވާ ހަރު މީހެކެވެ. އޭނާގެ ވިސްނުންތެރިކަމަށްޓަކައި ރައިޙާނަތު ޤުރައިޝްގެ ލަޤަބު އޭނާއަށް ދެވިފައި ވެއެވެ.
އޭނާ ޤުރުއާނުގެ ވާހަކަ އޮޅުން ފިލުވުމަށްޓަކައި އަބޫބަކުރުގެފާނުގެ އަރިހަށް އެއްދުވަހަކު ޒިޔާރަތް ކުރިއެވެ. ދެން ޤުރުއާން އަޑުއަހާފައި އެއާމެދު އަޖާއިބު ވެގެން ބުންޏެވެ. ”އިބްނު އަބީ ކަބްޝާ (އެބަހީ: ކީރިތި ރަސޫލާ ﷺ) މި ކިޔާ ބަސްތަކަކީ ކޮންފަދަ އަޖައިބު ބަސްތަކެއް ހެއްޔެވެ! ﷲ ގަންދީ ބުނަމެވެ. އެއީކީ ޅެމެއް ނޫނެވެ. ސިޙުރެއް ވެސް ނޫނެވެ. އަދިކިޔެއް، އެއީ މޮޔަގޮވުމެއް ވެސް ނޫނެވެ. ހަމަކަށަވަރުން ވެސް މިއީ މާތްރަސްކަލާނގެ ބަސްފުޅުތަކެކެވެ.“
ޝަޤީޤުގެ އަރިހުން ދަސްވި 8 ކަމެއް
ޝަޤީޤް އަލްބަލްޚީ އަރިހުން ރިވާވެގެން ވެއެވެ. (އެކަލޭގެފާނުގެ ދަރިވަރު) ޙާތިމް (އަލްއަޞައްމު) އަށް ވިދާޅުވިއެވެ. އަހަންނާ އެކުގައި ވަރަށް ގިނަ ދުވަހު ތިބާ އުޅެފީމުއެވެ. ތިބާއަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟
ވިދާޅުވިއެވެ. 8 ކަމެކެވެ.
ފުރަތަމަ: الله ގެ ޚަލްޤުތަކުންނަށް ބަލާލުމުން އަހަންނަށް ފެނުނީ ކޮންމެ މީހެއްގެ ވެސް މަޙްބޫބަކު (ލޯބިވާ ފަރާތެއް) ވާތަނެވެ. އެކަމަކު އޭނާ ކަށްވަޅަށް ފޯރާ ހިނދު އެ ލޯބިވެރިޔާ އޭނާއާ ވަކިވެދެއެވެ. އެހެންކަމުން އަހަރެންގެ މަޙްބޫބަކީ ހެޔޮ ޢަމަލުތައް ކަމުގައި ހެދީމެވެ. އެ މަޙްބޫބު އަހަންނާ އެކުގައި މަރުވުމަށްފަހުގައި ވެސް ވުމަށްޓަކައެވެ.
ހަ އުޞޫލު
އެންމެ ބޮޑެތި ޢަޖާއިބުތަކުގެ ތެރޭގައި، އަދި المَلِكُ الغَلَّابُ ގެ ކުޅަދުންވަންތަކަމަށް ދަލީލު ކޮށްދޭ އެންމެ ބޮޑެތި އާޔަތްތަކުގެ ތެރޭގައި ހަ އުޞޫލެއް ވެއެވެ. ހީކުރާ މިހުންގެ ހީތަކުގެ މައްޗަށް، ޢާންމު މީސްތަކުންނަށް ސާފުކޮށް ބަޔާން ވާނޭހޭން الله تعالى ވަނީ މި އުޞޫލުތައް ބަޔާން ކޮށްދެއްވާފައެވެ. ދެން މީގެ ފަހުގައި ދުނިޔޭގެ ވިސްނުންތޫނު މީހުންނާއި، އާދަމުގެ ދަރީންގެ ތެރޭވީ ބުއްދިވެރީންގެ ތެރެއިން ގިނަ ބަޔަކަށް މި އުޞޫލުތައް އޮޅި، އޭގައި ކުށްހެދިއެވެ. މަދު ބައެއްގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީއެވެ.
ތިބާ ކަންކަމު އެދެނީ ކާކުގެ ފަރާތުން ހެއްޔެވެ؟
ސުފްޔާން ބިން ޢުޔައިނާ ރިވާކުރައްވާފައި ވެއެވެ:
ހިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) އެއްދުވަހަކު ކަޢުބާއަށް ވެދެވަޑައިގެން އެތަނުން (ޢުމަރު ގެ ކާފަދަރިކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެވަޑައިގަތެވެ.
އެހިނދު އެކަލޭގެފާނަށް ވިދާޅުވިއެވެ: ”އޭ ސާލިމެވެ! ކަލޭގެފާނުގެ އެއްވެސް ބޭނުންފުޅެއް ވާނަމަ އަހުރެންގެ ގާތުގައި ވިދާޅުވާށެވެ.“ ސާލިމް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ﷲގެ ގެކޮޅުގައި އެކަލާނގެ ނޫން އެހެން ފަރާތެއްގެ ކިބައިން ކަންކަމު އެދެންް ހަމަކަށަވަރުން ވެސް އަޅުގަނޑު ލަދުވެތިވަމެވެ.“
ތިބާ އެ ތަކެއްޗަށް ޢަމަލުކޮށްފީމު ހެއްޔެވެ؟
ޢަޠާއު ރިވާކުރެއްވިއެވެ. މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝާ ގެ އަރިހަށް ގޮސް ސުވާލުކޮށް އުޅުނު ޒުވާނަކު އުޅުނެވެ. އަދި އެކަމަނާ އެ ޒުވާނާއަށް ޙަދީޘް ކިޔައިދެއްވައެވެ. އެއްދުވަހެއްގައި އެކަމަނާގެ އަރިހަށް ސުވާލު ކުރުމަށްޓަކައި އެ ޒުވާނާ އައުމުން ވިދާޅުވިއެވެ. ”ދަރިފުޅާއެވެ! މީގެ ކުރީގައި ތިމަންކަމަނާގެ ކިބައިން ތިބާ އަޑުއެހި ތަކެއްޗަށް ޢަމަލު ކޮށްފިން ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”މަންމާފުޅާއެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ.“ ދެން އެކަމަނާ ވިދާޅުވިއެވެ. ”ދަރިފުޅާއެވެ! އަހަރެމެންނާއި ތިބާއާ ދެކޮޅަށް ﷲގެ ޙަޟްރަތުގައި ޙުއްޖަތްތައް ގިނަކުރަން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟“
އަލްޚަޠީބުލް ބަޣުދާދީ، އިޤްތިޟާއުލް ޢިލްމިލް ޢަމަލް (ނ: 92)