ދިހަވަނައަކީ ހިތްތައް ބައިބައިވުމުގެ މައްސަލައެވެ.
އެކަމުގެ ސަބަބަކީ ބުއްދި ނެތުންކަން ޙަޝްރު ސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
ދިހަވަނައަކީ ހިތްތައް ބައިބައިވުމުގެ މައްސަލައެވެ.
އެކަމުގެ ސަބަބަކީ ބުއްދި ނެތުންކަން ޙަޝްރު ސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
ނުވަވަނަ މައްސަލައަކީ މުސްލިމުންގެ ބަލިކަށިކަމުގެ މަސްއަލައެވެ. އަދި ކާފިރުންނާ އަޅާބަލާއިރު، އެބައިމީހުންގެ ޢަދަދު މަދުކަމާއި، ހަތިޔާރާއި އާލާތްތައް މަދުކަމުގެ މައްސަލައެވެ.
ހަމަކަށަވަރުން، ﷲ ވަނީ އެކަމުގެ ފަރުވާ އެއިލާހުގެ ފޮތުގައި ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލާނގެ އަޅުތަކުންގެ ހިތްތަކުން އެކަށީގެންވާ ފަދަ އިޚްލާޞްތެރިކަމެއް އެކަލާނގެ ދެނެވޮޑިގެންފި ނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން އެއުރެންނަށް ވުރެ މާ ބާރުގަދަ މީހުންގެ މައްޗަށް ގަދަވެ، ބަލިކުރެވޭނެކަން ވަނީ ބަޔާން ކުރައްވާފައެވެ.
އަށްވަނަ މައްސަލައަކީ: ކާފިރުން މުސްލިމުންގެ މައްޗަށް ގަދަވެގަތުމެވެ.
ރަސޫލުﷲ ﷺ ގެ މާތް އަޞްޙާބުންގެ މެދުގައި އެކަލޭގެފާނު ހުންނަވަނިކޮށް އެ ބޭކަލުން މި މައްސަލައާ މެދު ސުވާލު އުފެއްދެވިއެވެ. އަދި އެކަމާމެދުގައި الله އެކަލާނގެ ފޮތުގައި، ސަމާވީ ފަތުވާއެއް ބާވައިލައްވައި އެ އޮޅުން ފިލުވައިލެއްވިއެވެ.
އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރު އައްސިޢުދީ ޤުރްއާނުގެ އެކިއެކި މައުޟޫތަކުގެ ޚުލާޞާ ތަފްސީރު ލިޔުއްވާފައިވާ، تَيسِيرُ اللَّطِيفِ الْمَنَّانِ މި ފޮތުގައި، ރޯދަ ފަރުޟު ކުރެއްވުމާއި ރޯދައިގެ ފައިދާތަކާ މެދު ވިދާޅުވިއެވެ:
ރޯދައާއި، އެކަމާ ތަބާވެގެން އަންނަ ކަންތައްތަކާމެދު އަންނަނިވި އާޔަތްތައް ބާވައިލެއްވިއެވެ.
މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.
(ރޯދަ ހިފަންވީ) ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދްޔަ ދިނުމެވެ. (ފިދްޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވުޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.
ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވާފައި ވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.
ހަތްވަނަ މައްސަލަ: ސިޔާސަތު
ފަހެ، ޤުރްއާނުގައި ވަނީ ސިޔާސަތުގެ އަޞްލުތައް ބަޔާންކުރައްވައި، އެއަށް މަގުދައްކައިދޭ މަޢާލިމުތަކަށް އަލިކުރައްވައި، އަދި އޭގެ މަގުތައް ސާފުކޮށްދެއްވާފައެވެ.
ސިޔާސަތަކީ ”ساس يسوس“ މި ލަފުޒުގެ މަޞްދަރެވެ. އެއީ، ކަންކަން ތަދުބީރުކޮށް، ރާވައި ހިންގުމެވެ. ސިޔާސަތު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، ޚާރިޖީ ސިޔާސަތާއި ދާޚިލީ ސިޔާސަތެވެ.
އަލްޢައްލާމާ މުޙައްމަދުލް އަމީނުއް ޝަންޤީޠީ އޭނާގެ މަޝްހޫރު ތަފްސީރު ފޮތް ”އަޟްވާއުލް ބަޔާން“ ގައި އައްރަޙްމާން ސޫރަތުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ:
މި އާޔަތުގައި ﷲ جَلَّ وعَلا ޛިކުރު ކުރައްވާފައިވާ ގޮތުގައި ޤިޔާމަތް ދުވަހުން އިންސިއަކަށް ވިޔަސް ޖިންނިއަކަށް ވިޔަސް އޭނާގެ ފާފައާ ބެހޭ ގޮތުން ސުވާލެއް ނުކުރައްވާނެއެވެ. މި މާނަ ޤަޞަޞް ސޫރަތުގައި ވެސް ﷲ ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ.