ރޯދައާމެދު…

މިއީ ރޯދައާއި ރޯދައިގެ ޙުކުމް­ތަކާއި އޭގައި މީސް­ތަކުން ބެހޭ ބައި­ތަކާއި، ރޯދަ ގެއްލޭ ކަން­ކަމާއި، އަދިވެސް ބައެއް ފައިދާ ހިމަނުއްވައިގެން އައްޝައިޚް އިބްނު ޢުޘައިމީން އެކުލަވާލައްވާފައިވާ ލީފްލެޓެއްގެ ދިވެހި ތަރުޖަމާއެވެ.

އިސްލާމްދީނުގެ ފުރަތަމަ ރުކުން: ދެ ޝަހާދަތް

އިސްލާމް ދީނުގެ ފުރަތަމަ ރުކުނަކީ: ޝަހާދަތުގެ ދެ ކަލިމައަށް ހެކި­ވުމެވެ.

އެއީ އެއިން އެއް ކަލިމައަށް ހެކި­ވެފައި އަނެއް ކަލިމައަށް ހެކިނުވެ­އެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤު ވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާ­ކަމަށް ހެކި­ވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙަ­އެއް ނުވާނެއެވެ.

ހަމަ އެހެންމެ، މުޙައްމަދު  ގެ ރިސާލަތަށް ހެކި­ވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާ­ކަމަށް އޭނާ އިންކާރު ކުރާ­ނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަ­ތަކުން ފައިދާ­އެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކި­ވާން ޖެހޭނެއެވެ.

ވަލީދު ބުނުލް މުޣީރާއާއި ކީރިތި ޤުރްއާން

އަލްވަލީދު ބުނުލް މުޣީރާ އަކީ ޤުރައިޝުންގެ ބޮޑުންގެ ތެރޭ ކަމުވޮށި­ވެގެންވާ ހަރު މީހެކެވެ. އޭނާގެ ވިސްނުން­ތެރި­­ކަމަށް­ޓަކައި ރައިޙާނަތު ޤުރައިޝްގެ ލަޤަބު އޭނާއަށް ދެވިފައި ވެއެވެ.

އޭނާ ޤުރްއާނުގެ ވާހަކަ އޮޅުން ­ފިލުވުމަށް­ޓަކައި އަބޫ­ބަކުރުގެފާނުގެ އަރިހަށް އެއްދުވަހަކު ޒިޔާރަތް ކުރިއެވެ. ދެން ޤުރްއާން އަޑުއަހާފައި އެއާމެދު އަޖާއިބު ވެގެން ބުންޏެވެ. ”އިބްނު އަބީ ކަބްޝާ (އެބަހީ: ކީރިތި ރަސޫލާ ) މި ކިޔާ ބަސްތަކަކީ ކޮންފަދަ އަޖައިބު ބަސް­ތަކެއް ހެއްޔެވެ! ﷲ ގަންދީ ބުނަމެވެ. އެއީކީ ޅެމެއް ނޫނެވެ. ސިޙުރެއް ވެސް ނޫނެވެ. އަދިކިޔެއް، އެއީ މޮޔަގޮވުމެއް ވެސް ނޫނެވެ. ހަމަ­ކަށަވަރުން ވެސް މިއީ މާތްރަސް­ކަލާނގެ ބަސް­ފުޅު­ތަކެކެވެ.“

ޝަޤީޤުގެ އަރިހުން ދަސްވި 8 ކަމެއް

ޝަޤީޤް އަލްބަލްޚީ އަރިހުން ރިވާ­ވެގެން ވެއެވެ. (އެކަލޭގެފާނުގެ ދަރިވަރު) ޙާތިމް (އަލްއަޞައްމު) އަށް ވިދާޅުވިއެވެ. އަހަންނާ އެކުގައި ވަރަށް ގިނަ ދުވަހު ތިބާ އުޅެފީމުއެވެ. ތިބާއަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟

ވިދާޅުވިއެވެ. 8 ކަމެކެވެ.

ފުރަތަމަ: الله ގެ ޚަލްޤު­ތަކުންނަށް ބަލާލުމުން އަހަންނަށް ފެނުނީ ކޮންމެ މީހެއްގެ ވެސް މަޙްބޫބަކު (ލޯބިވާ ފަރާތެއް) ވާތަނެވެ. އެކަމަކު އޭނާ ކަށްވަޅަށް ފޯރާ ހިނދު އެ ލޯބި­ވެރިޔާ އޭނާއާ ވަކިވެދެއެވެ. އެހެން­ކަމުން އަހަރެންގެ މަޙްބޫބަކީ ހެޔޮ ޢަމަލުތައް ކަމުގައި ހެދީމެވެ. އެ މަޙްބޫބު އަހަންނާ އެކުގައި މަރުވުމަށްފަހުގައި ވެސް ވުމަށް­ޓަކައެވެ.

ހަ އުޞޫލު

އެންމެ ބޮޑެތި ޢަޖާއިބުތަކުގެ ތެރޭގައި، އަދި المَلِكُ الغَلَّابُ ގެ ކުޅަދުން­ވަންތަ­ކަމަށް ދަލީލު ކޮށްދޭ އެންމެ ބޮޑެތި އާޔަތްތަކުގެ ތެރޭގައި ހަ އުޞޫލެއް ވެއެވެ. ހީކުރާ މިހުންގެ ހީތަކުގެ މައްޗަށް، ޢާންމު މީސް­ތަކުންނަށް ސާފު­ކޮށް ބަޔާން ވާނޭހޭން الله تعالى ވަނީ މި އުޞޫލުތައް ބަޔާން ކޮށް­ދެއްވާފައެވެ. ދެން މީގެ ފަހުގައި ދުނިޔޭގެ ވިސް­ނުން­ތޫނު މީހުންނާއި، އާދަމުގެ ދަރީންގެ ތެރޭވީ ބުއްދިވެރީންގެ ތެރެއިން ގިނަ ބަޔަކަށް މި އުޞޫލުތައް އޮޅި، އޭގައި ކުށްހެދިއެވެ. މަދު ބައެއްގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީއެވެ.

ތިބާ ކަންކަމު އެދެނީ ކާކުގެ ފަރާތުން ހެއްޔެވެ؟

ސުފްޔާން ބިން ޢުޔައިނާ ރިވާ­ކުރައްވާފައި ވެއެވެ:

ހިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) އެއްދުވަހަކު ކަޢުބާއަށް ވެދެ­ވަޑައިގެން އެތަނުން (ޢުމަރު ގެ ކާފަދަރި­ކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެ­ވަޑައިގަތެވެ.

އެހިނދު އެކަލޭގެފާނަށް ވިދާޅުވިއެވެ: ”އޭ ސާލިމެވެ! ކަލޭގެފާނުގެ އެއްވެސް ބޭނުން­ފުޅެއް ވާނަމަ އަހުރެންގެ ގާތުގައި ވިދާޅުވާށެވެ.“ ސާލިމް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ﷲގެ ގެކޮޅުގައި އެކަލާނގެ ނޫން އެހެން ފަރާތެއްގެ ކިބައިން ކަން­ކަމު އެދެންް ހަމަ­ކަށަވަރުން ވެސް އަޅުގަނޑު ލަދުވެތިވަމެވެ.“